އޭޕްރީލް 2 ގެ ނިއަލަށް 647،677 ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ އޭޕްރީލް މަހުގެ 2 ގެ ނިއަލަށް 647،677 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓަރީން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 441434 ފަތުރުވެރިންނެވެ. 2023 ވަނަ އަހަރު 538،172 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 2024 ވަނަ އަހަރު ޒިޔާރަތްކޮށްފައިވަނީ 615،416 ފަތުރުވެރިންނެވެ.

މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 449،382  ފަތުރުވެރިން ރިސޯޓްތަކަށް ޒިޔާރަތްކުރިއިރު 162،928 ފަތުރުވެރިން ޒިޔާރަތްކުރީ ގެސްޓްހައުސްތަކަށެވެ. އަދި 18،879 ފަތުރުވެރިން ހޮޓެލްސް ތަކަށް ޒިޔާރަތްކުރިއިރު 16،041 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޓޫރިސްޓް އުޅަނދު ފަހަރަށެވެ.

އަދި މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 75،135 އަކީ ޗައިނާ މީހުންނެވެ. އެއަށްފަހު 2 ވަނަ އަށް އެންމެގިނައިން މީހުން ޒިޔާރަތްކުރި ރަޝިޔާއިން 68،375 ފަތުރުވެރިން ޒިޔާރަތްކުރިއިރު 3 ވަނ އަށް އެންމެ ގިނައިންމ ފަތުރުވެރިން ޒިޔާރަތްކުރި އިގިރޭސިވިލާތުން 67،442 ފަތުރުވެރިން ޒިޔާރަތްކުރިއިރު 58،722 ފަތުރުވެރިންނާއެކު އިޓަލީވިލާތް އުޅެނީ 4 ވަނާގައެވެ.

އަދި 45،686  ފަތުރުވެރިންނާއެކު 5 ވަނާގައި ޖަރުމަނުވިލާތް އުޅޭއިރު 32،702 ފަތުރުވެރިންނާއެކު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރޭއިން އިންޑިއާ އުޅެނީ 6 ވަނާ ގައެވެ.

މި މުއްދަތުގައި މުލީ ރާއްޖޭގައި 65،561 ޓޫރިސްޓް ބެޑް ހުރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާއިރު ބެޑްތަކުގެ 97.3 އިންސައްތަ ހުރީ އޮޕަރޭޝަން ގައެވެ.

ބެޑް ކެޕޭސިޓީއަށް ބަލާއިރު 191 ރިސޯޓުގައި ޖުމްލަ ހުރީ 46،015 ބެޑް އެވެ. 838 ގެސްޓްހައުސް ގައި 14،364 ބެޑް ހުރިއިރު 15 ހޮޓެލްގައި 2،038 ބެޑް އަދި 157 ޓޫރިސްޓް އުޅަނދުފަހަރުގައި 3،144 ބެޑު ހުރިކަމަށް ދައްކައެވެ.

މީގެ އިތުރުން ރާއްޖެއަށް ޓޫރިސްޓުން ގެންނަ 44 އެއާލައިނަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަމުންދާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޚިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *