ޑޮނަލްޑް ޓްރަމްގެ ޓެރިފް ސިޔާސަތާ ދެކޮޅު ހެދުމުގެ ގޮތުން ޗައިނާއިން ހަރުކަށި ފިޔަވަޅެއް އަޅައިފިއެވެ. އެއީ އެމެރިކާއިން ޗައިނާއަށް އިމްޕޯޓްކުރާ ހުރިހާ ބާވަތަކުންވެސް 34 ޕަސެންޓްގެ ޓެރިފެއް ކަނޑައެޅުމެވެ.

މީގެ އިތުރުން ޗައިނާއިން ވަނީ ޓްރަމްޕުގެ ޓެރިފް ސިޔާސަތާ ދެކޮޅު ފިޔަވަޅުތައް އަޅަން ފަށާފައެވެ. މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެމެރިކާއިން ޗައިނާއަށް އެންމެ ގިނައިން ޕޯލްޓްރީގެ އައިޓަމްތައް އެތެރެކުރާ ހަ ކުންފުންޏެއްގެ އުފެއްދުންތައް ޗައިނާއަށް އެތެރެކުރުން މަނާ ކުރާނެއެވެ.

އަދި މެޑިކަލް އިކުވިޕްމަންޓާއި އެނޫންވެސް ބައެއް ބާވަތްތައް ޗައިނާއަށް އެމެރިކާއަށް ބޭރުކުރެވޭނެ އުސޫލުތައް ވަރުގަދަކުރުމާއި މިނޫންވެސް ހަރުކަށި އެތައް ފިޔަވަޅެއް ވަނީ އަޅަން ނިންމާފައެވެ.

މީގެ އިތުރުން ބްރިކްސްގެ ގައުމުތަކުގެ މެދުގައި އެގައުމުތަކުގެ ފައިސާއިން މުއާމަލާތްކޮށް އެމެރިކާ ޑޮލަރަށް އޮންނަ ޑިމާންޑް ދަށްކޮށްލުމަށް ޗައިނާއާއި އިންޑިއާއިން ގެންދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *