އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމް ތަކުން އެވްރެޖް ކޮށް ދުވާލަކު 41 މިލިއަންގެ މުއާމަލާތްކުރާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އެ ބޭންކުން އަތޮޅު ތެރޭގެ ރަށްތަކުގައި ބަހައްޓާފައިވާ އޭޓީއެމް ތަކުން އެވްރެޖްކޮށް ދުވާލަކު 15،000 މުއާމަލާތް ކުރާ ކަމަށާއި، ފައިސާ ނެގުމާ ޖަމާކުރުމުގެ 41 މިލިއަން ރުފިޔާގެ މުއާމަލާތް ކުރާ ކަމަށެވެ. އަދި އޭގެ ތެރެއިން 12.3 މިލިއަން ރުފިޔާ އަކީ ދުވާލެއްގެ މައްޗަށް އަތޮޅުތެރޭގެ އޭޓީއެމް ތަކަށް ޖަމާކުރާ ފައިސާގެ އަދަދު ކަމަށެވެ.
މީގެ އިތުރުން އެ ބޭންކުން ބުނީ އެ ބޭންކުން މުލީ ރާއްޖޭގައި ބހައަޓާފައި ހުރިހާ އޭޓީއެމް ތަކުން ދުވާލެއްގެ މައްޗަށް ހިންގާފައިވާ އެވްރެޖް މުއާމަލާތށް ބަލާއިރު އެވްރެޖްކޮށް ދުވާލަކު 30،000 މުއާމަލާތް ކުރާ ކަމަށާއި، ފައިސާ ނެގުމާ ޖަމާކުރުމުގެ 99 މިލިއަން ރުފިޔާގެ މުއާމަލާތް ކުރާ ކަމަށެވެ. އަދި އޭގެ ތެރެއިން 28.6 މިލިއަން ރުފިޔާ އަކީ ދުވާލެއްގެ މައްޗަށް މުޅި ރާއްޖެއިން އޭޓީއެމް ތަކަށް ޖަމާކުރާ ފައިސާގެ އަދަދު ކަމަށެވެ.
We’ve recently expanded our ATM network to Dhaalu and Haa Alifu Atolls, making essential banking services more accessible to our communities. 🌴 Here are a few highlights of our ATM network. 🙌
— Bank of Maldives (@bankofmaldives) April 14, 2025
ބޭންކް އޮފް މޯލްޑިވްސް ގެ ބޭންކިން ވިއުގާގައި 20 އަތޮޅުގައި އެ ބޭންކުގެ 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރު، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.
ބީއެމްއެލް އިން ވަނީ މި އަހަރު ނިންމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ނިންމައިފަ އެވެ. ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން އެންމެ ފުރަތަމަ އޭޓީއެމެއް ބެހެއްޓީ 2000 ވަނަ އަހަރު މާލޭގަ އެވެ. މި އަހަރު ހުޅުވާ 103 އޭޓީއެމާ އެކު، ބީއެމްއެލްގެ އޭޓީއެމްގެ އަދަދު 250 އަށް އިތުރު ވާނެ އެވެ.
