ޗައިނާގެ، ކާނާއާއި ގުޅޭ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ވަފްދު ރާއްޖެއަށް ކުރާ ދަތުރުގެ ސަބަބުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް، ޗައިނާއަށް އެކްސްޕޯޓް ކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެންވާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ޗެމްބަރ އޮފް ކޮމާސް ފޮރ ފުޑް ސްޓަފް އެންޑް ނޭޓިވް ޕްރޮޑިއުސް ޓީމް ރާއްޖެއަށް ކުރައްވާ ދަތުރުރާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ވިދާޅުވެފައިވަނީ އެޓީމުގެ މި ދަތުރުގެ މަޤްޞަދަކީ ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ފިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) މެދުވެރިކޮށް އެކްސްޕޯޓް ކުރިއެރުވުމަށް އެހީތެރިވުން ކަމަށާއި، މި ވަފްދުގެ ބޭފުޅުން ވަނީ ލޯކަލް ޕްރޮސެސިން ފެސިލިޓީތަކަށް ޒިޔާރަތްކުރައްވައި، އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރައްވައި ރާއްޖޭގެ އެކްސްޕޯޓު ކުރުމުގެ ފުރުޞަތު އިތުރަށް ރަނގަޅަށް ދެނެގަނެވިފައި ކަމަށެވެ.
މި ވަފުދުން ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔާފާރިއާ ބެހޭ ވުޒާރާގެ އިސްވެރިންނާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރާއި އެވުޒާރާގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ. މީގެއިތުރުން މިފްކޯގެ އިސްވެރިންނާއި ބައްދަލުކޮށް މިފްކޯގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާގޮތް ވަނީ އޮޅުންފިލުވާފައެވެ. އަދި ރާއްޖޭގެ ކަނޑުމަހުގެ އެކްސްޕޯޓަރުންގެ ޖަމްޢިއްޔާއާވެސް ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވެއެވެ.
ޗައިނާ ވަފުދުގެ ޒިޔާރަތުގެ ތެރެއިން ރާއްޖޭގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އުފެއްދުންތައް އުފައްދާ ގިނަ ފެސިލީޓީތަކަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރޭގައި ހުއިފިލަނޑާގެ އުފެއްދުންތައް ބޭރުކުރާ ފަރާތްތަކާއި، ކަންނެލީގެ ބާވަތްތައް އުފައްދާ ފަރާތްތަކާއި ވަނީ ބައްދަލުކޮށްފައެވެ. މީގެ އިތުރުން މާންދޫ މަސްފެކްޓަރީއާއި، ހިންމަފުށީ މަސްކާރުޚާނާގެ އިތުރުން މަނިޔަފުއްޓަށް ޒިޔާރަތްކޮށް އެތަންތަނުގެ އޮޕަރޭޝަން ގާތުން ބަލައި މައުލޫމާތުވަނީ އޮޅުންފިލުވާފައެވެ.
މިމަހުގެ 13 އިން 18 އަށް އެ ޖަމްޢިއްޔާގެ ވަފުދެއް ރާއްޖެއަށް ކުރި ދަތުރުގައި، މަސްވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކާއި ބައްދަލުކޮށް އޮޕަރޭޝަންތައް ހިންގާ ގޮތް ވަނީ ބަލާފައެވެ.
ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ)ގެ މި ވަފުދު ރާއްޖެއަށް ކުރަމުންދާ ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކޭނެ މަގު ފަސޭހަކޮށް ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމެވެ.
އެގޮތުން ޗައިނާގެ މި ވަފުދުން ވަނީ އިކޮނޮމިކް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާއި އެ މިނިސްޓްރީ ތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މީގެއިތުރުން މިފްކޯގެ އިސްވެރިންނާއި ބައްދަލުކޮށް މިފްކޯގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާގޮތް ބެއްލެވުމުގެ އިތުރުން ކަނޑުމަހުގެ އެކްސްޕޯޓަރުންގެ ޖަމްޢިއްޔާއާވެސް ވަނީ ބައްދަލުކޮށްފައެވެ.
ޗައިނާގެ ވަފްދުން ވަނީ ހުއިފިލަނޑާގެ އުފެއްދުންތައް ބޭރުކުރާ ފަރާތްތަކާއި، ކަންނެލީގެ ބާވަތްތައް އުފައްދާ ފަރާތްތަކާއި ބައްދަލުކުރުމުގެ އިތުރުން މާންދޫ މަސްފެކްޓަރީއާއި، ހިންމަފުށީ މަސްކާރުޚާނާގެ އިތުރުން މަނިޔަފުއްޓަށް ޒިޔާރަތްކޮށް އެތަންތަނުގެ ފްރޮސެސިންގ މަސައްކަތްތައް ކުރަމުންގެންދާ ގޮތް ބައްލަވާލައްވާފައެވެ.

