ޗައިނާގެ ޝަންހާއީން ދުނިޔޭގެ ފުރަތަމަ "ގޯލްޑް އޭޓީއެމް"ގެ ޚިދުމަތް ދޭން ފަށައިފި އެވެ.
އެމެރިކާއިން ފަށާފައިވާ ވިޔަފާރީގެ ހަނގުރާމައާއި ގުޅިގެން ރަނުގެ އަގު އިންތިހާއަށް އުފުލިފައިވާ މި ދަނޑިވަޅުގައި ޗައިނާއިން ރަނުގެ ބަދަލުގައި ކޭޝް އައުޓް ގެ ޚިދުމަތް ލިބޭ އޭޓީއެމް ވަނީ ތަޢާރަފްކޮށް ޚިދުމަތްދޭން ފަށާފައެވެ.
ޗައިނާގެ ކިންގްހޫޑް ގްރޫޕުން އޮޕަރޭޓްކުރާ މި އޭޓީއެމް އިން ރަން ޑިޕޮސިޓް ކުރުމުން އޭގެ ކޮލިޓީއާއި ބަރުދަން ޗެކުކުރުމަށްފަހު ވަގުތުން ފައިސާ ދެއެވެ. ޝަންހާއީ މޯލްގައި އޭޓީއެމް ހަރުކުރުމާއެކު ރަން ވިއްކުމަށް މީހުން ދިގު ކިޔޫތަށް ހަދާފައިވާކަމަށް ބުނެއެވެ. ސަބަބއެއް ކަމަށް ޗައިނާގެ މީޑިއާތަކުން ބުނަނީ ރަންގަންނަ ފިހާރަތަކަށް ދިއުމުން އެތަކެތީގެ ކޮލެޓީއާއި ގުޅޭގޮތުން އެތަކެތި ވޗެކްކުރާ ފަރާތްތަކުން ހަދާ މަކަރުތައް އޭޓީއެމް އިން ނުހެދުމާއި ވަގުތުން އަވަހަށް ފައިސާ ލިބުމެވެ.
A gold ATM in Shanghai, China
It melts the gold and transfers the amount corresponding to its weight to your bank account.
— Tansu Yegen (@TansuYegen) April 19, 2025
ޝަންހާއީ ގޯލްޑް އެސޯސިއޭޝަންގެ މެމްބަރެއް ކަމަށްވާ ޒޫ ވެއިކްސިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސްމާޓް ގޯލްޑް އޭޓީއެމް ތައާރަފްކުރުމަކީ މައިގަނޑު ގޮތެއްގައި ވިޔަފާރީގެ ނަޒަރަކުން ރިސައިކްލިން ފަންކްޝަނެއްގެ ގޮތުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރާނެ ކަމެއް ކަމަށާއި، މިކަމުން ދައްކުވައިދެނީ ރަނުގެ އަގު އުފުލުމާއެކު އާންމުންގެ އަތުގައި އޮތް ރަނުގެ އަގު ވަރަށް ބޮޑަށް އުފުލި، ކޭޝް އައުޓް ކުރުމުގެ ޝައުގުވެރިކަން އިތުރުވެފައިވާކަން ކަމަށެވެ.

