އަހަރުގެ މިހާތަަނަށް 788،650 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން މިމަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ މިއަހަރުގެ މިހާތަަނަށް އައި އިރުގައި 788،650 ފަތުރުވެރިން ރާާއްޖެއައިސްފައި ކަމަށާއި މިއީ މިދިޔަ އަހަރާ ބަލާއިރުގައި %75+ އިތުރު އަދަދެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުފަ އެވެ. އަދި ހަމަ އެހެންމެ އެ މިނިސްޓްރީ އިން ވަނީ މިކަމާ ގުޅޭ ޑޯކިއުމެންޓު ވެސް އެކްސްގައި ހާމަކޮށްފަ އެވެ.

އެގޮތުން މި ޑޮކިއުމެންޓް އިން އިންގޭ ގޮތުގައި %70.2 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރިސޯޓުތަކަށެވެ. އެއީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނަމަ 553،940 ފަތުރުވެރިންއެވެ. ދެވަނަ އަށް އެންމެ ގިނައީ ދެން ގެސްޓްހައުސްތަކެވެ. އެއީ %24.2 އާއި އެކު 191،069 ފަތުރުވެރިން އެވެ. މިއަހުރެ މިހާތަނަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތައް ބަަލާއިރުގައި ކުރިއަށް އޮތް 1 މަސް ތެރޭގައި ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ އެވެ.

2023 ވަނަ އަހަރުގެ މާޗް މަސް ނިމުނު އިރުގައި އެމަހުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ބަލާލަާއިރުގައި 173،514 ފަތުރުވެރިން ޒިޔާރާތްކޮށްފާއިރުގައި 2024 ގައި ވަނީ 194،227 ފަތުރުވެރިން މާޗް މަސް ނިމުނު އިރުގައި އެމަހުގައި އެކަނިވެސް  ޒިޔާރަތްކޮށްފަ އެވެ. އަދި 2025 ވަނަ އަހަރުގެ މާޗް މަހުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދަށް ބަލާއިރުގައި 203،464 ފަތުރުވެރިން ވަނީ ޒިޔާާރަތްކޮށްފަ އެވެ.

މިއަހަރުގައި 2.2 މިލިއަން ފަތުރުވެރިން މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އަށް ގެނައުމަކީ މި ސަރުކާރުން ވަރަށް ގިނަ މަަސައްކަތްތަކެއް ކުރަމުން އަންނަ ކަމެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *