އެޕަލްގެ އެންމެ ގިނަ އުފެއްދުންތައް އުފައްދާ މައި މަރުކަޒު ހުންނަ ޗައިނާގައިން އެމެރިކާއަށް ކުރާ އެކްޕޯޓްގެ ޓރެިފް ބޮޑުކުރަމުންގެންދިއުމާ ގުޅިގެން، އެޕަލްގެ އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން އެމެރިކާގައި ވިއްކާ އައިފޯނުތަކުގެ ބޮޑު ބައެއް އިންޑިއާގެ ފެކްޓްރީތަކުގައި އުފެއްދުން ކަމަށް އެ ކުންފުނިން ރޮއިޓާސް އަށް މައުލޫމާތު ދީފިއެވެ.

އެގޮތުން ފޮކްސްކޮން އާއި ޓާޓާއާ އެކު އެ އަމާޒަށް ވާސިލްވުމަށް އަވަސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ޕްލޭނިން ޕްރޮސެސް ސިއްރު ކަމަށްބުނެ ނަން ހާމަނުކުރުމަށް އެދި ރޮއިޓާއަށް އެމައުލޫމާތު ފޯރިކޮށްދީފައިވެއެވެ.

އެމެރިކާ އާއި ޗައިނާއާ ދެމެދު ޓެރިފް ބޮޑުވުމާއި އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސްކަމުގެ ސަބަބުން، ޗައިނާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އެޕަލްގެ އައިފޯން ސަޕްލައި ޗެއިންއަށް ދަނީ އަސަރު ކުރަމުންނެވެ. ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓެއްގައި ވާގޮތުން އެޕަލް އިން މިހާރު ވިސްނަނީ އެމެރިކާގައި ވިއްކާ ހުރިހާ އައިފޯނެއްގެ އެސެމްބްލީ އިންޑިއާއަށް ބަދަލުކުރުމަށެވެ.

އެޕަލް އިން އެމެރިކާގައި އަހަރަކު 60 މިލިއަނަށް ވުރެ ގިނަ އައިފޯން ވިއްކަމުން އަންނައިރު، 2026 ވަނަ އަހަރު ނިމުމުގެ ކުރިން އިންޑިއާގައި އެ ހުރިހާ އައިފޯނެއް އުފައްދައި، އެ ކުންފުނީގެ ސަޕްލައި ޗެއިން ޑައިވާސިފައި ކުރުމުގެ އަމާޒަށް ތާއީދުކުރެ އެވެ. ނަމަވެސް އެކަމަށް ޓަކައި އިންޑިއާގައި މިހާރު އުފައްދާ އައިފޯންގެ އަދަދު ދެގުނަ އަށް އިތުރުކުރަން ޖެހޭނެ ކަމަށް އެފްޓީ ރިޕޯޓުގައި ވެ އެވެ.

ފާއިތުވި އަހަރުތަކުގައި އެޕަލް އިން ވަނީ ވަރަށް މުހިންމު ޒަމާނީ ޕްރޮޑަކްޝަން ލައިނެއް އެޅުމަށް ޗައިނާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ. މީގެ އިތުރުން ވޫހާން، ޝެންޒެން، ކުންޝާން، ބެއިޖިން، ޓިއަންޖިން، ހުއިޒޫ އަދި ގުއަންޒޫގައި ވެސް އައިފޯން ތައް އުފައްދަ އެވެ.

ޗައިނާއިން މިހާރު ވަނީ 145 އިންސައްތައާ ހަމައަށް އެމެރިކާއިން ޓެރިފް ނަގާ، ބަދަލުހިފުމުގެ ގޮތުން އެމެރިކާއާ ދެކޮޅަށް 125 އިންސައްތައާ ހަމައަށް ޓެކްސް ނަގަން ފަށާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *