މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 884،802 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 818،341 ފަތުރުވެރިންނެވެ. އެހެން ކަމުން މިއީ 8.1 ޕަސެންޓުގެ އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 100،650 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ އަހަރުގެ މިހާތަނަށް ވަކިވަކި ޤައުމުތަކަށް ބަލާއިރު ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ފުރަތަމަ ޤައުމެވެ.
ފަތުރުވެރިން އައި ޢަދަދު:
* ޗައިނާ: 100،650 ފަތުރުވެރިން
* ރަޝިއާ: 95،144 ފަތުރުވެރިން
* އިނގިރޭސިވިލާތް: 91،690 ފަތުރުވެރިން
* އިޓަލީވިލާތް: 78،592 ފަތުރުވެރިން
* ޖަރުމަނުވިލާތް: 67،978 ފަތުރުވެރިން
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތް ކޮށްފަ އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މި އަމާޒު ހާސިލް ކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

