ޖެމްކިއު ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަމަށާއި، އެ ސްޖކީމް ޕްރޮމޯޓްކޮށް އެ ސްކީމުގައި މީހުންބައިވެރިކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އތޯރިޓީ (ސީއެމްޑީއޭ) އާއި ގުޅިގެން ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ޖީއެމްސީ ނުވަތަ ޖެމްކިއު ސްކީމާ ގުޅޭގޮތުން ފުލުހުން މިރޭ ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ޤާނޫނު ނަމްބަރ 02/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަންޑް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ޤަވާއިދު ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށާއި، އެފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަންވާނީ އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދާ އެއްގޮތަށް ސީއެމްޑީއޭ ގައި ރަޖިސްޓަރީކޮށްގެން ކަމަށެވެ.

އަދި އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުން ދިވެހި ފުލުހުން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން ޖެމްކިއު ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެ ސްކީމުގައި އާޓިފިޝަލް އިންޓެލިގެންސް ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކްރާކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއްކަން ވެސް ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން އެފަދަ ޕިރަމިޑް ސްކީމްތަކުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ޤާނޫނީގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއް ކަމަށާއި، އެހެންކަމުން ޖެމްކިއު ސްކީމް ޕްރޮމޯޓްކޮށް އެ ސްކީމުގައި މީހުންބައިވެރިކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އތޯރިޓީ (ސީއެމްޑީއޭ) އާއި ގުޅިގެން ކުރަމުން އަންނަކަމަށް ފުލުހުން އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *