ޗައިނާގެ ވެރިރަށް ބެއިޖިންގ އާއި ޗެންގޑޫ އަދި ޝަންހާއި އަށް މޯލްޑިވިއަނުން ކުރާ ދަތުރުތައް އަގުހެޔޮކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.
މޯލްޑިވިއަން ބުނީ އެ އެއާލައިނުން ދަތުރުކުރާ ޗައިނާގެ ބެއިޖިން އާއި ޗެންގްޑޫ އަދި ޝަންހާނީ އަށް ކުރާ ދަތިރުތަކަށް ހުޅުވާލާފައިވާ ޕްރޮމޯޝަން ކުރިއަށް ގެންދަނީ މިއަހަރުގެ އޮކްޓޯބަރުން 28 އިން ނޮވެމްބަރުގެ 15 ގެ ނިޔަލަށް ކަމަށެވެ. އެގޮތުން އެ ދުވަސްތަކަށް ޓިކެޓް ނަންގަވާ ފަރާތްތަކަށް ބެއިންޖިންގ ދެކޮޅު ޓިކެޓް 499 ޔޫއެސް ޑޮލަރަށް، ޗެންގޑޫ ގެ ދެކޮޅު ޓިކެޓް 449 ޔޫއެސް ޑޮލަރަށް އަދި ޝަންގހާއީ ގެ ދެކޮޅު ޓިކެޓް 499 ޔޫއެސް ޑޮލަރަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ، މި ސިޓީއަށް ކުރާ ދަތުރުތަކާއި އެނބުރި އަންނަ ފްލައިޓުތައް ވެސް ޝެޑިއުލްކޮށްފައިވަނީ ޗުއްޓީ ހޭދަކުރަންދާ އާއިލާތަކަށާއި، ވިޔަފާރިވެރިންނަށް ވެސް އެންމެ ފަސޭހަވާނެ ގޮތަށް ކަމަށާއި، އެގޮތުން މާލެއިން ކުރާ ދަތުރުތައް ހެނދުނަށް ތާވަލުކޮށްފައިވަނީ، ޗައިނާއަށް އެ ދުވަހެއްގެ ހެނދުނު ދެވޭ ގޮތަށް ކަމަށާއި، އަދި އެނބުރި މާލެ އަންނަ ފްލައިޓުތައް ޝެޑިއުލްކޮށްފައިވަނީ މާލޭ ގަޑިން ހެނދުނަށް ކަމަށްވާތީ، ޑޮމެސްޓިކް ފްލައިޓު ޝެޑިއުލްތަކަށް ވެސް ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

