ތަރައްގީގެ މަޝްރޫއުތައް ހިންގަން މޯލްޑިވްސް އެއާޕޯރޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ 100 އިންސައްތަ ހިއްސާވާގޮތައް އުފެއްދިި މި ކުންފުންޏަކީ އެ ކޮމްޕެނީގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެހެންކަމުން އެ ކުންފުނި ހިނގާނީ އެމްއޭސީއެލްގެ ދަށުންނެވެ. އެ ކުންފުނި އުފެއްދުމަށްފަހު އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައިވެސް ބޭފުޅުން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައިވެސް ހަމަޖައްސާފައިވަނީ އެމްއޭސީއެލްގެ ވެސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. ޝަރީފުގެ އިތުރުން އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ ތެރެއިން ޕެނިންސިއުލާ ކުންފުނީގެ ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މުހައްމަަދު މިހާދު އެކަންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *