މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 'ނިއަމް ރެސިޑެންސް' އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އެ ކޯޕަރޭޝަނުން އިއުލާނުކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނުގައިވާ ގޮތުން، މި މަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ ކޯޕަރޭޝަނުގައި ރަޖިސްޓަރީ ކުރަންޖެހޭނެއެވެ. މި ބީލަމުގައި ރަޖިސްޓްރީވުމަށް 30,000 ރުފިޔާ ނުވަތަ 2,000 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ނުވަތަ އެއާ އެއްވަރަށް ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

'ނިއަމް ރެސިޑެންސް' ގެ ނަމުގައި ހިންގާ މި މަޝްރޫއަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިންނެވެ. މި މަސައްކަތަށް ބޭނުންވާ ކުރެހުންތައް ފޯރުކޮށްދިނުމަށް އެފްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *