ކުނިން ކުނި ހޮވައިގެން ހޯދާ ކުނިނުވާ އާމްދަނީ

ރޭގަނޑު ދަންވަރު މާލޭގެ އެކި ހިސާބުތަކުން ކުނިބުނި ހާވާ މީހުން ފެންނާނެއެވެ. މާލޭގެ އެކި ހިސާބުތަކަށް ޖަމާކޮށްފައި ހުންނަ ކުނިތައް ދަނބުރިއަކުން ހާވައި، އަގެއް ލިބިދާނެހެން ހީވާ ކޮންމެ އެއްޗެއް އެމީހުން ނަގައި، ގޯންޏާއި ކޮތަޅު ކޮތަޅަށް އަޅައެވެ.

ކާޑް ބޯޑު ފޮށިތައް ޖަމާކޮށް ބޮނޑި ބަނދެއެވެ. ބާޒާރަށް ނުކުމެ ވިއްކާލުމަށްޓަކައެވެ. އެކި ޒާތްޒާތުގެ ފުޅިތައް އެއްކޮށް ދޮވެގެން ބާޒާރަށް ވިއްކާލައެވެ. ކާބޯތަކެތި ވިއްކާ މީހުންނަށެވެ.

ކުނިން ކުނި ހޮވާ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކުރިން އެމީހުންނަށް ލިބުނު އާމްދަނީ މިހާރު ވަނީ ދަށަށް ގޮސްފައެވެ. ސަބަބަކީ މިއެވެ؛

"ޑްރަގް ކުދިން- ޕާޓޭން ރޭގަނޑު ކުނިތައް ހާވައިގެން އެއްޗެހި ގެންގޮސް ވިއްކާތީ ވަރަށް އުނދަގޫ މިހާރު. އެކަމަކު ވެސް ރަނގަޅު މިހާރުވެސް ނެގޭ،"

ކުނިން ކުނި ހޮވާ މީހުން ގެންދާ ތަކެތި ގަންނާނެ އެޖެންޓުން ތިބެއެވެ. ދިވެހިންނާއި ބަންގަލަދޭޝް މީހުންވެސް ހިމެނޭހެންނެވެ. އެޖެންޓުންނާ ހަމައަށް ގެންދާ ތަކެއްޗަށް ވަގުތުން ފައިސާ ދެއެވެ. އަގު ކަނޑައަޅަނީ ދެފަރާތުން މަޝްވަރާކޮށްގެންނެވެ.

"އަހަރެން ހަމައެކަނި މިކަން ކޮށްގެން މިއުޅެނީ. ކައިބޮއެ އުޅެވޭވަރުވޭ،" އެކެއްގެ ޝުއޫރެވެ. ވާހަކައެވެ.

މާލޭގައި ބާތަކެތި ވިއްކާ ބައެއް މީހުން އެމީހުންގެ އެޖެންޓުންވެސް މަގުތަކަށް ނެރެ ކުނިން ކުނި ހޮވައި، އެމީހުންނާ ހަމައަށް ގެންދެއެވެ. ސާފުކޮށްލުމަށް ފަހު އަތް ފޯރާ އަގުތަކުގައި އެތަކެތި މީހުންނަށް ވިއްކައެވެ. ކުނިތަކުގެ ތެރެއިން ނެގި ތަކެތީގެ ގޮތުގައެއް ނޫނެވެ. "ޔޫސްޑް އެއްޗެހި" (ބޭނުންކޮށްފައިވާ ތަކެތީ)ގެ ގޮތުގައެވެ.

ޚިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *