އެމެރިކާގެ ކާރު އުފައްދާ ކުންފުނި ޓެސްލާއިން އެ ކުންފުނީގެ ސައިބަރޓްރަކް ވެހިކަލް އުފެއްދުން އަންނަ އަހަރު ހުއްޓާލާނެ ކަމަށް އެ ކުންފުނީގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެއެވެ.
މަސްކް މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ޓެކްސަސްގައި ހުންނަ ޓެސްލާގެ ފެކްޓަރީގައި ސައިބަރޓްރަކް އުފެއްދުން ހުއްޓާލަން ނިންމި ސަބަބު ހާމަކުރައްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ސައިބަރޓްރަކް އުފެއްދުން ހުއްޓާލަނީ ފުލް ސެލްފް ޑްރައިވިން ޓެކްނޮލޮޖީއާއެކު ތައްޔާރުކުރާ "ސައިބަރކެބް" ކާރުތައް އިތުރަށް އުފެއްދުމަށް ފެކްޓަރީން ޖާގަ ހޯދުމުގެ ގޮތުންނެވެ. ނަމަވެސް ސައިބަރޓްރަކް ދާއިމީ ގޮތެއްގައި އުފެއްދުން ހުއްޓާލަނީތޯ ނުވަތަ އެހެން ތަނަކަށް އުފެއްދުން ބަދަލުކުރަނީތޯ މަސްކް ސާފުކޮށް ވިދާޅެއް ނުވެއެވެ.
ނަމަވެސް ސައިބަރޓްރަކް ޕްރޮޖެކްޓުގެ ލީޑް އިންޖިނިއަރު ވެސް މޮރިލް، އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސައިބަރޓްރަކަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ފުރިހަމަ ތަރައްގީއެއް ދެއްކި ޕްލެޓްފޯމެއް ކަމަށާއި، އެ ޓެކްނޮލޮޖީ ސައިބަރކެބްގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ. މިއީ ސައިބަރޓްރަކް ދާއިމީ ގޮތެއްގައި އުފެއްދުން ހުއްޓާލަނީ ކަމުގެ ސިގްނަލެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ތަފާތު ޑިޒައިނަކާއެކު 2023 ވަނަ އަހަރު ތައާރަފްކުރި ސައިބަރޓްރަކަކީ ތައާރަފްކުރުމުގެ ކުރިން ތަކުރާރުކޮށް ލަސްވުންތަކާ ކުރިމަތިލާން ޖެހުނު ވެހިކަލެކެވެ. އަދި ތައާރަފްކުރި ފަހުންވެސް ވިކުނު ނިސްބަތް ހިތްހަމަނުޖެހޭ މިންވަރަކަށް ދަށްވިއެވެ. ނަމަވެސް ސައިބަރޓްރަކަށް ތާއީދުކުރާ ފޭނުންތަކެއް ވަނީ އުފެދިފައެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ސައިބަރޓްރަކް އުފެއްދުން ހުއްޓާލާ ޚަބަރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެކަކު ބުނެފައިވަނީ ސައިބަރޓްރަކަކީ "ޓެސްލާ އުފެއްދި އެންމެ ފުރިހަމަ ވެހިކަލް" ކަމަށާއި، އަންނަ އަހަރު އުފެއްދުން ހުއްޓާލަން ޖެހުމުން ހިތާމަކުރާ ކަމަށެވެ. މި ކޮމެންޓަށް ރައްދު ދެއްވަމުން މަސްކް ވިދާޅުވީ އެއީ ތެދެއް ކަމަށާއި، ނަމަވެސް ސައިބަރޓްރަކްތައް ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ކަމަށެވެ.
މި އިއުލ

