މިއަދު މުޅި ރާއްޖެއަށްވެސް "ބެސްޓް ބަޑީ" ގެ ނަމަކީ މަޝްހޫރު ނަމެކެވެ. މަދު ދުވަސް ކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް "ބެސްޓް ބަޑީ" ގެ ނަން ފެތުރިގެންދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ.
ގާތްގަނޑަކަށް 4 އަހަރަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި ރާއްޖޭގެ ވިޔަފާރި ފަތުރާލައި ކާމިޔާބު ބޮޑު ވިޔަފާރިއަކަށް ބެސްޓް ބަޑީ ހެދުމުގައި މުގުލަކީ އެ ފިހާރައިގެ އޯނަރު އިބުރާހިމް ރަޝީދުގެ ހިންގުންތެރިކަމެވެ. މިއަދު ކުޅުދުއްފުށީގައި ބެސްޓްބަޑީގެ ހާޑުވެއަރ ފިހާރަ "ބެސްޓް ސާރކަލް" ގެ އިތުރުން ބެސްޓް ބަޑީގެ ބޮޑު ފިހާރައެއް 2018 ވަނަ އަހަރު އެރަށު އަމީނީ މަގުގައިވަނީ ހުޅުވާފައެވެ. މިހުރިހާ ސާމާނެއް މާލޭގައި ވިއްކުމަށް މާފަންނު ޖަވާހިރު މަގުގައި 2019 ""ބެސްޓް ބަޑީ 2″ ގެ ނަމުގައި ފިހާރައެއް ވަނީ ހުޅުވާފައެވެ.

މަދު ރުފިޔާ ކޮޅަކުން ބެޓެރީ ވެހިކަލުގެ ވިޔަފާރީގެ ތެރެއަށް އިބުރާހިމް ރަޝީދު ފީނާލީ ވިޔަފާރި ކާމިޔާބު ކުރުމުގެ ގަދަ ހިތްވަރުގަ އެވެ. 2017 ވަނަ އަހަރުގެ ކުރީކޮޅު ފެށި ބެޓެރީ ވެހިކަލްގެ މި ވިޔަފާރިއަށް 2 އަހަރު ނުވަނީސް ވިޔަފާރިފުޅާކޮށް ރަށްރަށުގެ ދަނޑުވެރިންނާއި މަސްވެރިން އަދި ވިޔަފާރިވެރިންގެ މަގުބޫލުކަން ހޯދިއެވެ. ބެސްޓް ބަޑީގެ ބެޓެރި ސައިކަލެއް، ރަށުޕިކަޕެއް، ބައިސްކަލެއް ނެތް ރަށެއް މިހާރު ރާއްޖޭގައި މަދުވާނެ އެވެ.
ހއ ތުރާކުނު ފެށިގެން އައްޑޫއާ ހަމައަށް މި ވިޔަފާރި ވަނީ ދެމިލާފަ އެވެ. ރަށު ޕިކަޕް ނުވަތަ ބެޓެރި ޕިކަޕް، ބެޓެރި ސައިކަލް، ބެޓެރި ކާރު، ބެޓެރި ބަގީ، އަދި ހުރިހާ އުމުރެއްގެ މީހުންގެ ބައިސްކަލް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންދަނީ ބެސްޓް ބަޑީ އިންނެވެ. ބެސްޓް ބަޑީއިން ވިއްކާ ވެހިކަލްތަކުގެ ސްޕެރޕާޓްސް ވިއްކުމަށްވެސް ހާއްސަ ފިހާރައެއް ކުޅުދުއްފުށީގައި ވަނީ ހުޅުވާފައެވެ. އަދި ސްޕެއަރޕާޓް މާލެއިން ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.

ބެސްޓް ބަޑީގެ ވެހިކަލް ތަކަށް މީހުން އިތުބާރު ލިބެން ފެށި ހިސާބަކީ އެއީ އެވެ. ވެހިކަލް އެއްގަނެފައި ސްޕެއަރ ލިބެން ނެތުން އެއީ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައި ގިނަބަޔަކު އައީ ގަބޫލުކުރަމުންނެވެ. ނަމަވެސް ރާއްޖޭގެ ރަށްރަށުގެ އެއްގަމުގެ ދަތުރު ފަތުރަށް އިންގިލާބެއް ގެނުވި ކަމަކަށް މިކަން ވެގެން ދިއައީ މިސަބަބާއިވެސް އެކުގައެވެ.
ވެހިކަލްގެ ވިޔަފާރީގެ އިތުރުން ބެސްޓް ބަޑީ އިން ވަނީ އިންޓަރ ނޭޝަނަލް ބްރޭންޑެއްކަމުގައިވާ އެމް.ޕީ.ޓީ ޓޫލްސް ރާއްޖެއަށް ތަޢާރަފުކޮށް ވަރަށް ހެޔޮއަގުގައި ވިއްކަން ފަށާފައެވެ. މިބްރޭންޑުގެ އެކި ޒާތުގެ ސްޕެއަރ އެފިހާރަތަކުން ލިބެންހުރުމާއި އެކު ވަޑާންކުރާ ސާމާނު އަދި ކަރަންޓު ސާމާނުގެ މަގުބޫލުކަން މިހާރު އަންނަނީ ވަޑިންނާއި މަސައްކަތްތެރިންގެ އިތުބާރު ހޯދަމުންނެވެ.
އެ ފިހާރައިގައި ނުހުންނަ މުދާ އޯޑަރު ދިނުމުން ޗައިނާއިން ގެނެސް ދިނުމުގެ ހިދުމަތްވެސް ދެ އެވެ. އެގޮތުން ގެދޮރު އިމާރާތްކުރަން ބޭނުންވާ ސާމާނާއި ފަރުނީޗަރުވެސް އޯޑަރު ކުރެއްވުމުން ފަސޭހަކަމާއެކު އަގުހެޔޮކޮށް އިތުބާރާއެކީ ކަސްޓަމަރ އާއި ހަމައަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ބެސްޓް ބަޑީއިން ފޯރުކޮށްދެ އެވެ. އަދި މީގެ އިތުރުން ފާއިތުވި 4 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތަރައްޤީ ކޮށްފައިވާ ކުޑަކުދިންގެ ޕާކުތަކަށް ބޭނުންވާ ސާމާނު ވަރަށް އަގު ހެޔޮކޮށް ބެސްޓް ބަޑީއިން ވަނީ ސަޕްލައިކޮށްދީ ފައެވެ.
ބެސްޓް ބަޑީއަކީ މިހާތަނަށް ކުޅުދުއްފުށީގައި އުފެދުނު ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނަ އެހީތައް އާންމުންނަށް ދެމުންއަންނަ ފަރާތެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ފާއިތުވި މަދު ދުވަސް ކޮޅުގެ ތެރޭގައި އެ ވިޔަފާރީގެ ތެރެއިން ވަނީ ކުޅުދުއްފުށީގެ ސްކޫލުތަކަށާއި ކުލަބު ޖަމިއްޔާތަކަށް އަދި ރ. އަތޮޅުގެ ބައެއް ސްކޫލުތަކަށް ގިނަ އެހީތަކެއް ދެއްވާފަ އެވެ. އަދި އެހީތެރިކަމަށް ބޭނުންވާ އާއްމު ބައެއް ފަރާތްތަކަށްވެސް އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

ބެސްޓް ބަޑީ މިއަދު އެންމެންގެ ބެސްޓް ބަޑީއަށް ވެގެންދިޔައީ ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގައި ކަސްޓަމަރުންގެ އިތުބާރު ދަމަހައްޓަން ކުރި ބުރަ މަސައްކަތްތަކަކުން ޔަގީންނެވެ. ބެސްޓްބަޑީގެ ކާމިޔާބީގެ ސިއްރު ހާމަކުރަމުން ރަޝީދު ބުނީ ތިލަދުންމަތިން އަލިވި ކުޑަކުޑަ ހުޅުކޮޅެއްގެ ބޭނުން އޭނާ ހިފިކަމަށެވެ. ރަޝީދު އެބުނާ ކުޑަ ކުޑަ ހުޅުކޮޅަކީ ބެސްޓް ބަޑީއަށް އެތެރެ ކުރާ ހުރިހާ މުދަލެއްހެން ސީދާ ކުޅުދުއްފުއްޓަށް އެތެރެ ކުރުމެވެ. އުތުރުގައި ގާއިމް ކުރެވިފައިވާ "ކުޅުދުއްފުށީ ރީޖަނަލް އެޕޯޓްގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ނަތީޖާ އަކީ މި ކާމިޔާބީގެ އަސްލު ކަމުގައިވެސް ވެދާނެ އެވެ.
ކަސްޓަމް ޑިއުޓީގެ 30% އުނިވުމާއި ކުޅުދުއްފުށީގައި މުދާ ގުދަންކުރުމުގެ ހަރަދު ކުޑަވުމަކީ ކުދި ވިޔަފާރިތަކަށް އޮތް ނުހަނު ފަހި ފުރުޞަތެކެވެ. ބެސްޓް ބަޑީ އިން މިވީހާތަނަށް ރާއްޖެއަށް އެތެރެކުރި ހުރިހާ މުދަލެއް އެތެރެކޮށްފައިވަނީ އެޕޯޓަށެވެ. ގެންނަ ހުރިހާ ކޮންޓެއިނަރ އެއް އެޕޯޓަށް ކުލިއަރ ކުރުމަށް ފަހު މާލޭ ފިހާރައަށް ފޮނުވަން ޖެހޭ މުދާ ފޮނުވަނީ ކުޅުދުއްފުށީގައި މާލެ ދަތުރު ކުރާ ދޯނި ފަހަރުން ނެވެ. އައްޑޫ އަށް ފޮނުވަން ޖެހޭ އެއްޗެއްނަމަވެސް މާލޭ އާއި ހަމައަށް ފޯރުކޮށްދެނީ ވެސް އެދޯނިތައް މެދުވެރިކޮށެވެ. ރަޝީދުގެ މިވިޔަފާރި ކުރިއަރައި ދާއިރު ކުޅުދުއްފުށީގައި ދިރިއުޅޭ ރައްޔިތުންނަށް ސީދާ ގޮތުން ފައިދާ ވަމުން އަންނަކަން ފާހަގަކޮށްލެވެ.
ރަޝީދު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ ބޭނުން ގިނަ ވިޔަފާރިވެރިން ހިފަން ޖެހޭކަމަށެވެ. އެކަމުން އުތުރުގައި އިޤްތިޞާދީ އިތުރު ހަރަކާތްތަކެއް ފަހިވެގެން ދާނޭކަމަށް ރަޝީދު ޤަބޫލު ކުރެއެވެ.
