ކޮބަ ކަބާނާ: ހުޅުމާލޭގަހުރި އެންމެ ހިތްގައިމު ރެސްޓޯރެންޓް!

ކޮބަ ކަބާނާ ރެސްޓޯރެންޓަކީ ހުޅުމާލޭގައި ހުންނަ އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓެވެ. އާއިލާއާއި ރައްްޓެހިންނާއެކު ހިތްގައިމު މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކަބާނާ ރެސްޓޯރެންޓަކީ އެންމެ ރަނގަޅު ޗޮއިސްއެވެ. ހުޅުމާލޭ ކާނިމަގު ނުވަތަ ބީޗް ފަޅީގައި ހުންނަ މި ރެސްޓޯރެންޓަކީ ދިވެހިންގެ އިތުރުން ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލް ރެސްޓޯރެންޓެކެވެ. މިރެސްޓޯރެންޓްގެ އެންމެ މަޤްބޫލް ކެއުންތަކުގެ ތެރޭގައި އިންޑިއަން، ޗައިނީޒް، އަރަބި އަދި ޔޫރަޕްގެ ކެއުންތައް ހިމެނެއެވެ.

މި ރެސްޓޯރެންޓްގެ އެންމެ "ސަޅި" ކަމަކީ ކާއެއްޗެހީގެ ރަހަ މީރުވެފައި ކޮލިޓީ ރަނގަޅުވުމެވެ. އަދި ކަސްޓަމަރުންނަށް އަދާކުރާ މެހެމާންދާރީ އަކީވެސް މިތަން ޚާއްސަވާ އެއް ސަބަބެވެ. އެހެންކަމުން ކަބާނާ މިހާރުވެފައިވަނީ ހުޅުމާލޭގައި ހުންނަ ރެސްޓޯރެންޓްތަކުގެ ތެރެއިން ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލް ރެސްޓޯރެންޓަށްވެފައެވެ.

"ރައްޓެހިންނާއެކު މިތަނަށް މިއައީ ޗައިނީސް ފުޑްއެއް ނަގަން. ވަރަށް ސަޅިމިތަން. ވަރަށް ގިނައިން ޑިނަރއަށްވެސް އަންނަށް. މިތަނުގެ ފުޑް ވަރަށް މީރު". ކަބާނާ ރެސްޓޯރެންޓްގައި އިން ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

ކައިވެނި ޕާޓީތަކާއި އުފަންދުވަހުގެ ޕާޓީތަކާއި މީޓިންތައް ބޭއްވުމަށްވެސް މި ރެސްޓޯރެންޓަކީ ހަމަ އެއްވަނަ އެވެ.

ޚިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *